ads
ރައްޔިތުންގެ މަޖިލިސް--
މަޖިލިސް ހުޅުވުން ފަސްކޮށްފި
މާދަމާ ބޭއްވުމަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ހަފުތާއަށް ފަސް ކުރަން ނިންމައިފި އެވެ.

މަޖިލީހުން ނެރުނު އިއުލާނެއްގައި ބުނީ މާދަމާ ބޭއްވުމަށް ހަމަޖެއްސެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ 24 ވަނަ ޖަލްސާ، އަންނަ ހަފުތާއަށް ފަސްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފައިވާ ކަމަށެވެ. 

ނަމަވެސް ކުރިއަށް އޮތް ތިން ދުވަހު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ބުނެ އެވެ. އަދި
މަޖިލީހުގެ އިދާރާވެސް ހުންނާނީ ހުޅުވިފައި ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު އޮފީހަށް ނިކުންނާނީ ކޮޓީތަކުގެ މަސައްކަތް ކުރުމަށް ބޭނުންވާ މަދު އަދަދެއްގެ މުވައްޒަފުން ކަމަށް މަޖިލީހުން ބުނެ އެވެ. 

މަޖިލީހުން ބުނީ އެހެން މުވައްޒަފުން ގޭގައި ތިއްބެގެން މަސައްކަތް ކުރުމަށް މަޖިލީހުގެ ރައީސް ވަނީ އިރުޝާދު ދެއްވާފައި ކަމަށެވެ.

މަޖިލިސް ހުޅުވުން ފަސްކުރިއިރު މިއަދު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އޮންލައިންކޮށް މަޖިލިސް ބޭއްވުމަށް ވެސް ގޮވާލައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް