މުމްބާއިގެ ޕޮލިސް ކޮމިޝަނަރު ޕަރަމް ބިރް ސިންގު ވިދާޅުވިގޮތުގައި ސުޝާންތު ސާޗްކޮށްފައި ހުރީ ވީހާވެސް ތަދުކުޑަ ގޮތަކަށް މަރުވެވޭނެ ގޮތް އަދި ނަފްސާނީ ބަލިމަޑުކަމާއި ގުޅިން ހުރި ޒާތުގެ އެއްޗެހިކަމަށެވެ.
ޕޮލިސް ކޮމިޝަނަރު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ސުޝާންތު މަރުވުމުގެ ކުރިން އޭނައާ ބެހޭ ގޮތުން ލިޔެފައި ހުރި ލިޔުންތައް ގޫގުލްއިން ބަލާފައިވާކަމަށެވެ.
ކޮމިޝަނަރު އިތުރަށް ވިދާޅުވިގޮތުގައި ޖެނުއަރީ މަހުގެ 19 އާއި ޖޫން މަހާ ދެމެދުގެ ހުރިހާ ބޭންކް ސްޓޭޓްމެންޓެއް ނަގާ ބެލިބެލުމުން އެނގުނު ގޮތުގައި 14.5 ކުރޯޑް ރުޕީސް ސުޝާންތުގެ އެކައުންޓުން އެމުއްދަތުގެ ތެރޭގައި ނަގާފައި ހުއްޓެވެ.
ސުޝާންތު ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާގެ ކޮޓަރި ތެރެއިންނެވެ. އެހެންނަމަވެސް ގިނަ މީހުން ގަބޫލްކުރާ ގޮތުގައި އޭނާ މަރުވެފައިވަނީ އަމިއްލައަކަށް ނޫނެވެ.