ads
ސުޝާންތު އާއި އޭނާގެ ބައްޕަ--
ދަރިފުޅަށް ނުރައްކާ އޮތްކަން މަރުވުމުގެ ކުރިން ފުލުހުންނަށް އެންގިން: ސުޝާންތުގެ ބައްޕަ
ބޮލީވުޑުގެ މަޝްހޫރު ތަރި، ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ، ރިއާ ޗަކްރަބޯޓީއާ ދެކޮޅަށް ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް ވަނީ ސީރިޔަސް ތުހުމަތުތަކެއް ކުރެ އެވެ. ދަރިފުޅު މަރުވިތާ މަހަކަށް ވުރެ ވެސް ގިނަ ދުވަސްވެފައިވަނިކޮށް އޭނާގެ ބައްޕަ މިވަނީ ފުރަތަމަ ފަހަރަށް ވީޑިއޯއެއް މެދުވެރިކޮށް ގިނަ ކަންތައްތަކެއް ކިޔައިދީފަ އެވެ.

ސުޝާންތުގެ ބައްޕަ ބުނި ގޮތުގައި އިއްޔެ އާންމުކުރި ވީޑިއޯގައި ވަނީ ދަރިފުޅަށް ނުރައްކާ ކުރިމަތިވެފައިވާކަން މިދިޔަ ފެބްރުއަރީ މަހުގެ 25 ގައި ބާންޑާގެ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ކަމަށާއި އެކަމަކު ދަރިފުޅުގެ މަރަށް 40 ދުވަސްވީއިރު ވެސް ފިޔަވަޅެއް އެޅިފައި ނުވެ އެވެ. 

އޭނާގެ ބައްޕަ ބުނި ގޮތުގައި އާދޭހާއެކު އެންމެ ފަހުން ޕަތުނާގެ ފުލުހަށް މައްސަލަ ހުށަހެޅީ ހަމަ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެވެ. 

ސުޝާންތުގެ ބައްޕަ ވަނީ ޕަތުނާގެ ފުލުހުން އެ މައްސަލަ ހުށަހެޅުމާއެކު ތަހުގީގުކުރަން ފަށާފައިވާކަން ވެސް ފާހަގަކޮށްފަ އެވެ.

ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. މިއީ ސުޝާންތުގެ މަރުގެ މައްސަލާގައި އޭނާގެ ބައްޕަ ފުލުހަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. 

ސުޝާންތުގެ ބައްޕަ ވަނީ ސުޝާންތު، އޭނާގެ އާއިލާ މީހުންނާއި އޮންނަ ގުޅުން ކަނޑާލުމަށް ވެސް ރިއާ މަސައްކަތް ކުރިކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި ސުޝާންތުގެ އެކައުންޓުން އެތައް ކްރޯޑު ރުޕީސްއެއް، ބިރު ދެއްކުމަށް ފަހު އަތުލިކަމަށް ވެސް ބައްޕަ ތުހުމަތު ކުރެ އެވެ.

އެ ތުހުމަތުތަކަށް ބާރު ދޭ ގޮތަށް ފަހުން ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކާންޑޭ ވެސް ވާހަކަ ދައްކާފައިވެ އެވެ. 

އެކަމަކު ރިއާ ވަނީ ވީޑިއޯއެއް މެދުވެރިކޮށް އެކަން ދޮގުކޮށްފަ އެވެ. އަދި ހަގީގަތް ހާމަވާނެ ކަމަށް އޭނާ ވެސް ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް