ads
ސުޝާންތާއި ރިއާ--
ރިއާއެއް ނުގެއްލޭ!
ބޮލީވުޑުގެ މަޝްހޫރު ތަރި، ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީއާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ފުލުހަށް މައްސަލަ ހުށަހެޅުމާއެކު ރިއާ ގެއްލުނު ކަމުގެ އަޑުތައް ގަދަވި އެވެ.

އެކަމަކު ރިއާގެ ވަކީލު، ސަތިޝް މަނޭޝީންޑޭ ބުނާ ގޮތުގައި ބިހާރު ފުލުހުން ބުނާ ގޮތަށް ރިއާ ގެއްލިފައިވާ ކަމުގެ ވާހަކައަކީ ދޮގެކެވެ. އަދި މުމްބާއީގެ ފުލުހުން ރިއާގެ ބަޔާން ނަގާފައިވާ ކަމަށާއި އެ މައްސަލަ އޭނާގެ ފުރިހަމަ އެއްބާރުލުން ދަނީ ދެމުންނެވެ. 

ސަތީޝް ބުނީ މިހާތަށް ބިހާރު ފުލުހުންގެ ފަރާތުން އޭނާއަށް އެއްވެސް ކަހަލަ ނޯޓިސްއެއް ލިބިފައި ނުވާ ކަމަށާއި އަދި އެމީހުންނަށް މައްސަލަ ތަހުގީގު ކުރުމުގެ ބާރު ލިބިފައި ނުވާނެ ކަމަށެވެ.

އެގޮތަށް ވަކީލު ބުނިއިރު އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލް، "ޓައިމްސް ނައު" ގައި ރިޕޯޓްކުރާ ގޮތުގައި ރިއާ، ގެއްލިގެން ހޯދުމުގެ މަސައްކަތް ބިހާރުގެ ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން މުމްބާއީގައި ދިިރިއުޅެމުން އައި ގޭގައި އޭނާ ނެތް ކަމަށް ވަނީ ބުނެފަ އެވެ. 

މިފަހުން ރިއާގެ މައްޗަށް ސުޝާންތުގެ ބައްޕަ ކުރާ ތުހުމަތުތައް ދޮގުކޮށް ރިއާ ވަނީ ސޯޝަލް މީޑިއާއަށް ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ހަގީގަތް ހާމަވާނެ ކަމަށާއި ސޯޝަލް މީޑިއާއަށް އެތައް އެއްޗެއް އޭނާއަށް ގޮވަމުން އައި ނަމަވެސް އެކަމާއި ގުޅިގެން ބަހެއް ނުބުނީ ވަކީލުގެ ލަފާގެ މަތިން ކަމަށް ރިއާ ބުނެ އެވެ.

ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. 

ސުޝާންތުގެ ބައްޕަ އިއްޔެ ވަނީ މަރުވުމުގެ ކުރިން މުމްބާއީ ފުލުހުންގެ ސަމާލުކަމަށް ދަރިފުޅަށް ނުރައްކާ ކުރިމަތިވިކަން ހިއްސާކުރި ކަމަށް ވެސް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް