ads
ސެނިޓައިޒާ
އެފްޑީއޭގެ ނުރައްކާތެރި ސެނިޓައިޒާގެ ލިސްޓު 100 އަށް ވުރެ މައްޗަށް
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ނުރައްކާތެރި ސެނިޓައިޒާގެ ލިސްޓު 100 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ޖޫން މަހު އެ ޖަމިއްޔާއިން ބުނީ މެތަނޮލް ހިމެނިފައިވާ ސެނިޓައިޒާއަކީ ހަންގަނޑުން އެބްސޯބް ވެއްޖެނަމަ ނުރައްކާތެރި އެއްޗެއް ކަމެވެ. އަދި އެއީ ބޮވިއްޖެނަމަ މަރަށް މަގުފަހިވާނެ އެއްޗެއްކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މިމައުލޫމާތު އެފްޑީއޭއިން ހިއްސާކުރުމާއި އެކު ވަނީ މިބާވަތުގެ ސެނިޓައިޒާ ފުޅިތައް ފިހާރައިން ނަގާފައެވެ.

ދާދި ފަހުން އެފްޑީއޭއިން ވަނީ އަލްކަހޯލް ހުންނަން ޖެހޭ ވަރަށް ވުރެ މަދުން ހުންނަ ސެނިޓައިޒާތަކާއި ބެހޭގޮތުން ވެސް އިރުޝާދުތަކެއް ނެރެފައެވެ. އެކަމާއި ގުޅިގެން އެ ޖަމިއްޔާއިން ކުރި ޓެސްޓުތަކުގެ މައްޗަށް ބިނާކޮށް ޖުލައި މަހުގެ 31 ވަނަ ދުވަހު އެފްޑީއޭއިން ބުނީ ސެނިޓައިޒާގެ އެކްޓިވް އިންގްރީޑިއަންޓް ކަމަށް ބެލެވޭ ދެ އަލްކޮހޮލްގެ ބާވަތެއް ބައެއް ސެނިޓައިޒާތަކުގައި ހުންނަން ޖެހޭ ވަރަށް ނެތް ކަމެވެ.

އެގޮތުން އެފަދަ ސެނިޓައިޒާތަކާއި މެތަނޮލް އެކުލެވިގެންވާ ސެނިޓައިޒާތަށް ހިމަނައިގެން ބޭނުން ކުރަން އެކަށީގެން ނުވާ ސެނިޓައިޒާތަކުގެ ލިސްޓު އެ ޖަމިއްޔާއިން ވަނީ އިތުރުކޮށްފަ އެވެ. އެ ޖަމިއްޔާއިން ނެރުނު އެ ލިސްޓުގައި ހުރި ސެނިޓައިޒާތަކުގެ ތެރެއިން ބޮޑުބަޔަކީ މެކްސިކޯގައި އުފައްދާފައިވާ ސެނިޓައިޒާތަކެކެވެ. އެފްޑީއޭއިން ވަނީ އެފަދަ ގިނަ ބާވަތެއް ރިކޯލްކޮށް (ރައްކާތެރިކަމުގައި ހުންނަން ޖެހޭ ސްޓޭންޑާޑް ނުހުންނަ ކަމަށް ބަލާ)، އެ ބާވަތްތަށް ގައުމަށް އެތެރެކުރުން ހުއްޓުވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް