ads
ސުޕްރީމް ކޯޓު--- ފޮޓޯ: ސީއެންއެމް
ޝަރީއަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ޑީޖޭއޭ އިން އެދިއްޖެ
ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރު އޮފީސްތައް ތިން ދުވަހަށް ބަންދު ކުރުމަށް ނިންމި ނަމަވެސް، ޝަރީއަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އެދެފި އެވެ.

ޑީޖޭއޭއިން ނެރެފައިވާ ސާކިއުލާއެއްގައި ވަނީ، އޮފީސް ނުހުޅުވާ ދުވަސްވަރު، ކޯޓުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން އީމެއިލް ނުވަތަ ކޯޓުން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅޭ ގޮތް ހެދުމާއި މައްސަލަތައް ހުށަހެޅުމާއިބެހޭ ގޮތުން އާއްމުންނަށް މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަން އާންމު ކުރުމަށެވެ. 

މީގެއިތުރުން ފަނޑިޔާރުން ކަނޑައަޅާ ގޮތެއްގެ މަތިން ވީހާވެސް މަދު މުވައްޒަފުން ނެރެގެން ނުވަތަ ޑިއުޓީ އުސޫލުން މުވައްޒަފުން ނެރެގެން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށާއި، އޮންލައިންކޮށް ބޭއްވޭނެ ޝަރީއަތުގެ މަޖިލިސްތައް އޮންލައިންކޮށް ކުރިއަށްގެންދިއުމަށްވެސް ޑީޖޭއޭއިން ވަނީ އެދިފައެވެ. 

ޑީޖޭއޭގެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ކޮންމެހެން މަސައްކަތަށް ނެރެން ޖެހިގެން ނެރޭ މުވައްޒަފުންގެ ތެރޭގައި 60 އަހަރުން މަތީގެ މުވައްޒަފުންނާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ހައިރިސްކް މުވައްޒަފުން މަސައްކަތަށް ނުނެރުމަށެވެ. އަދި ކޯޓު ނުހުޅުވާ މަސައްކަތްކުރާ މުއްދަތުގައި ގެއިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ގޭގައި ކުރެވޭނެ މަސައްކަތްތައް ގެއިން ކުރުމަށްވެސް އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް