ads
ހުޅުމާލޭ މެޑިކަލް ފެސިލިޓީ--
ކޮވިޑް ޖެހިގެން ރާއްޖެއިން 19 ވަނަ މީހާ މަރުވެއްޖެ
ކޮވިޑް19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 09:30 ގައި އުމުރުން 80 އަހަރުގެ އަންހެނެއް މަރުވެފައިވާކަމަށެވެ. 

މަރުވި އަންހެންމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލީޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށް ވެސް މައުލޫމާތުދީފައިވެ އެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 19 ވަނަ މީހާއެވެ. 

އެންމެ ފަހުން ކޮވިޑް ޖެހިގެން މީހަކު މަރުވެފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ 8:57 ހާ އިރު އެވެ.  އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. 

އެގޮތުން އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ ޖުމުލަ 4293 ކަށް އަރާފައެވެ. އަދި ބަލިން ރަނގަޅު ވީ މީހުންގެ އަަދަދު 2670 އަށް އަރާފައެވެ. އިއްޔެ ރާއްޖެއިން މި ބައްޔަަށް ޕޮޒިޓިވް ވެފައިވަނީ ޖުމުލަ 129 މީހެކެވެ. މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްކޮށް ތިބީ ޖުމުލަ 1490 މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް