ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
އެއްމަހުގެ ކުއްޖަކަށް ކޮވިޑް ޖެހިގެން ފަރުވާދެނީ!
އެއްމަހުގެ ތުއްތުކުޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްމަހުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާކަަމަށެވެ. އަދި އެކުއްޖާއަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޑރ. ފައިސަލް ވިދާޅުވީ ތުއްތު ކުއްޖާގެ ހުން ވަރަށް ގަދަ ކަމަށާއި އެކުއްޖާއަށް ގާތުން ދިނުން ވަނީ ހުއްޓާލައިފަ ކަމަށެވެ. އަދި ކުއްޖާ ވަރަށް ބޮޑަށް ޑީހައިޑްރޭޓް ވެފައިވާކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.

މިއީ މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު އެންމެ ތުއްތު ކުއްޖާ އެވެ.

މިއަދު ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެފައިވާއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް