ads
ދިވެހި މަސްވެރިކަން--
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ކުދިން ބޭނުމެއްނުވޭ: ސާވޭ
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ސްކޫލް ނިންމާ ކުދިން ބޭނުން ނުވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސާވޭއަކުން ދައްކައިފި އެވެ.

ގްރޭޑް 10 ނިންމާ ދަރިވަރުން ކުރިއަށް ދާނެ ދާއިރާތަކާއި އެކަމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް އެކުލަވާލި ސާވޭގައި ވާގޮތުން ސްކޫލް ނިންމާ ގިނަ ކުދިން ކުރިއަށް ދާންބޭނުންވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. 

އެގޮތުން 21 އިންސައްތަ ކުދިން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ ކަމަށް ސާވޭގައި ދައްކާފައިވާއިރު، ދެން އެންމެ ގިނައިން ކުދިން ކުރިއަށް ދާންބޭނުންވާ ދާއިރާއެއްގެ ގޮތުގައި އޮތީ ސިއްހީ ދާއިރާއެވެ. އަދި އެކައުންޓިން އާއި ފައިނޭންސް ދާއިރާއިް ކުރިއަށް ދިއުމަށްވެސް ކުދިން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސާވޭއިން ދައްކާގޮތުން ގްރޭޑް 10 ނިންމާ ކުދިންގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ކުދިން ބޭނުމެއް ނުވެއެވެ. މީގެއިތުރުން ހިއުމަން ރިސޯސްއާއި ސޯޝަލް ވޯކްގެ އިތުރުން ކަސްޓަމާ ސާވިސްގެ ދާއިރާއިންވެސް ކުރިއަށްދިއުމަށް ބޭނުންވާ ކުދިންގެ އަދަދު މަދެވެ. 

މި ސާވޭން ދައްކާގޮތުން 56 އިންސައްތަ ކުދިން ކުރިއަށްދާނެ ދާއިރާތައް ކަނޑައަޅާފައިވަނީ އެ ދާއިރާއަކަށް ހުރި ޝައުގުވެރިކަމެއްގެ ސަަބަބުންނެވެ. އަދި އެ ދާއިރާއަކުން ލިބެންހުންނަ ވަޒީފާގެ ފުރުސަތުތަކަށްބަލައި 14 އިންސައްތަ ކުދިން ކުރިއަށްދާނޭ ދާއިރާތައް ކަނޑައަޅާފައިވެ އެވެ. 

މީގެ އިތުރުން ލިބެންހުރި މަތީ ތައުލީމާ ތަމްރީނުގެ ފުރުސަތުތަކަށް ބަލައިގެން 10 އިންސައްތަ ކުދިން ކުރިއަށް ދާނެ ދާއިރާ ކަނޑައަޅާފައިވާކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސާވޭގައި ވެއެވެ. އަދި ލިބޭނެ މާލީ އެހީތެރިކަމަށް ބަލައި އަށް ޕަސެންޓު ކުދިން ކުރިއަށްދާނޭ ދާއިރާތައް ކަނޑައަޅާފައިވާއިރު، ހަތަރު އިންސައްތަ ކުދިން ކުރިއަށް ދާނެ ދާއިރާ ކަނޑައަޅާފައި ވަނީ އާއިލާ އާއި އެކުވެރިންގެ ނުފޫޒުގެ ސަބަބުން ކަމަށް ސާވޭގައި ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް