ads
ސަން ޝިޔާމް--
ސިޔާމަށް ދޫކުރި 127 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތު ހޯދަން އެދިއްޖެ
މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏަކަށް، ކުރީ ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި 127 މިލިއަން ޑޮލަރުގެ ލޯނުގެ މައްސަލަ ސާފުކޮށް ދިނުމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މީކާއިލް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއިލް ފޮނުއްވި ސިޓީގައި އެކަމާއި ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ކިބައިން ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދިވަޑައިގެންފައިވާއިރު، ސިޔާމް ކުންފުންޏަށް ދޫކޮށްފައިވާ ބޮޑު ލޯނެއް ޑިފޯލްޓްވެ، ލޯނަށް ދައްކަން ޖެހޭ 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދައްކަން އަންގާފައިވާކަމަށް ވެ އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގެ ފަހުކޮޅު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޑެޓަށް އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) ދިނީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމުންނެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޑެޓަށް އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގެ ފަހުކޮޅު، ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމުންނެވެ. އެނގިފައިވާ ގޮތުގައި މިއީ ދިވެހި ވިޔަފާރިވެރިޔަކަށް ސަރުކާރުން ދިން ސޮވެރިން ގެރެންޓީއެއްގައި މިހާތަނަށް ނެގި އެންމެ ބޮޑު ލޯނުކަމަށް ވެ އެވެ.

ސިޔާމް ކުންފުންޏަށް ދޫކޮށްފައިވާ ކަމަށް ބުނާ ލޯނާ ގުޅިގެން މީކާއިލް އެދިވޑައިގެންފައި ވަނީ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯން ޑިފޯލްޓް ވެފައިވޭތޯ އާއި އެލޯން ޑިފޯލްޓް ވެފައިވާނަމަ ދައުލަތުން އެ ލޯނަށްވާ ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ސާފުކުރުމަށެވެ. އަދި އެ އިންތިޒާމް ހަމަޖެހިފައިވާނަމަ ފައިސާ ދެއްކުމަށް ނިންމާފައިވާ މުއްދަތަކީ ކޮބައިތޯ ވެސް ސާފު ކުރުމަށް މެމްބަރު މީކާއިލް އެދިވަޑައިގެންފައިވެ އެވެ. 

އޭގެ އިތުރުން ދައުލަތުގެ ފަރާތުން އެލޯން ދެއްކުމަށް މުއްދަތު އިތުރުކުރުމަށް އެދިފައިވާނެތޯ އާއި އެގޮތަށް މުއްދަތު އިތުރު ކުރަން އެދިފައިވަނީ  ޖީ-20 ޑެޓް މޮރެޓޯރިއަމްގެ ދަށުންތޯ ވެސް މީކާއިލް ސުވާލު ކުރައްވާފައިވެ އެވެ. އަދި އެ ލޯން ދެއްކުމަށް އެކްސްޓެންޝަނެއް ދޭނަމަ އެކަމުގެ ސަބަބުން ދައުލަތުގެ މާލީ އިންތިޒާމަށް ކުރާނެ އަސަރުތަކަކީ ކޮބައިތޯ ސާފު ކުރުމަށް ވެސް އެދިވަޑައިގަންނަވަ އެވެ. 

އެ ބޭންކުން ނެގި ލޯނުގެ ދަށުން ސިޔާމް އަންނަނީ ނ. ދިގުރަށުގައި ރިސޯޓެއް ތަރައްގީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް