ads
ބެއިރޫތުގައި ގޮވި ގޮވުން---
ބާރުގަދަ ގޮވުމަކާއެކު ބެއިރޫތު ގުޑުވާލައިފި
ލުބުނާންގެ ވެރިރަށް، ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާއި، ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ގޮވުން ގޮވާފައި ވަނީ ބެއިރޫތުގެ ޕޯޓު ސަރަހައްދުގައި ހުރި ވަޔާހައުސް އެއްގަ އެވެ. 

މަންޒަރު ދުށް ބައެއް މީހުންނާއި ހަވާލާދީ ނޫސްތަކުން ބުނާގޮތުގައި ބާރުގަދަ އެ ގޮވުމާއެކު ވަނީ އެ ސަރަހައްދާއި 10 ކިލޯ މީޓަރު ދުރުގައި ހުރި ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން އެކި ސަރަހައްދުތަކަށް ލޮޅުން އެރި ކަމަށާއި ހީވީ ބޮޑު ބިން ހެލުމެއް ކުރިމަތީވީ ކަމަށް ވެސް މީހުން ބުނެ އެވެ. 

އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު މަގުމަތީގައި ހުރި އުޅަނދުތަކަށް ވެސް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެ އެވެ. 

ދެ ގޮވުމެއް ގޮވިއިރު އެންމެ ފުރަތަމަ ގޮވުމުގައި ވެސް ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު ފެނެ އެވެ. އެ މަންޒަރު މީހުން ވީޑިއޯ ކުރަމުންދަނިކޮށް ދެވަނަ ގޮވުން ގޮވާއިއިރު އަލިފާންގަނޑާއެކު ބޯ ދުންތަކުން މުޅި ސަރަހައްދު ފުސްވެޔެވެ. 

މިއަދު ހަވީރު އެގައުމުގެ ގަޑިން ހައެއް ޖަހާއިރު އެ ހާދިސާ ހިނގިއިރު އެގައުމުގެ ހެލްތު މިނިސްޓްރު ވިދާޅުވާ ގޮތުގައި ހުރިހާ ހޮސްޕިޓަލަކަށް ވެސް ވަނީ އެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ތައްޔާރުވެ ތިބުމަށް އަންގާފަ އެވެ. އެގޮތުން އަނިޔާވީ ކިހާ ބަޔަކަށް ކަން ވިދާޅު ނުވިނަމަވެސް "ވަރަށް ގިނަ" ބަޔަކަށް އަނިޔާވެފައިވާ ކަމަށް ވިދާޅުވި އެވެ. 

އެ ހާދިސާއަކީ ކިހިނެއް ދިމާވި ހާދިސާއެއްކަން އަދި ސާފުނުވާއިރު މަރުވެފައި ވަނީ ކިހާ އަދަދެއްގެ ބައެއްކަން ވެސް ސާފު ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް