ads
މާލެ މަގުމަތި----
ކާފިއު ވަގުތު ފަތިސް ނަމާދަށް ދެވޭނެ
ކާފިއު ވަގުތު އަޅާފައިވާ ފިޔަވަޅުތަކުން އިސްތިސްނާވާ މީހުންގެ ތެރޭގައި ފަތިސް ނަމާދަށް މިސްކިތަށްދާ މީހުން ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިރޭ 10:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އުޅަނދު ދުއްވުމާއި މަގުމައްޗަށް ނިކުތުން މަނާކޮށްފައިވާއިރު އެޗްޕީއޭ އިން މިވަނީ އެ ކާފިއުގެ ވަގުތުގައި އަޅާ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތައް އާންމުކޮށްފަ އެވެ. 

އެޗްޕީއޭ އިން ބުނީ، އެ ފިޔަވަޅުތަކުން އިސްތިސްނާވާނީ ސިފައިންނާއި ފުލުހުން އަދި ސިއްހީ ހިދުމަތްދޭ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުގެ އިތުރުން އެމްބިއުލާންސް އާއި ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް ކަމަށެވެ. 

އަދި ފަތިސް ނަމާދަށް މިސްކިތަށްދާ މީހުންގެ އިތުރުން އެ ވަގުތުގައި ސިއްހީ ހިދުމަތްހޯދަންދާ މީހުންނެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން އެމީހެއްގެ ދިރިއުޅުމުގެ ކަންކަން މާލެ ފިޔަވައި އެހެން ރަށެއްގައި ހަމަޖެހިފައިވާނަމަ އެމީހުންނަށް ކަރަންޓީންވާ ގޮތަށް ރަށަށް ދެވޭނެ އެވެ. 

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީޕް ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، 9:30 އިން ފެށިގެން ހުރިހާ ވިޔަފާރިތަކެއް ބަންދުކުރާނެ ކަމަށާއި އެހެންކަމުން އެ ލިބޭ ބައިގަޑިއިރުގެ ތެރޭގައި އަވަހަށް ގެއަށް ދާން ޖެހޭނެވާނެ ކަމަށެވެ. 

ކާފިއުގެ ވަގުތުގައި ބޭރުގައި އުޅޭނަމަ ޖޫރިމަނާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް