ads
އަމީތާބު ބައްޗަން--
ކުޑަ ކުޑަ ވައިރަހެއް އިންސާނުން ކުޑަކަކޫ ޖައްސުވައިފި: އަމީތާބު
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު، އަމީތާބު ބައްޗަން ކޮވިޑް-19 އަށް ނެގެޓިވްވެ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އުޅެމުން އަންނަނީ ގޭގައި ވަކިން ކަމަށް އޭނާ ބުނެފި އެވެ.

އަމީތާބު އޭނާގެ ބްލޮގްގައި ކޮވިޑުގެ ތަޖުރިބާ ހިއްސާކުރަމުން ވަނީ ދުނިޔެ ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެ ކަމަށާއި ކުޑަކުޑަ ވައިރަހެއްގެ ސަބަބުން އިންސާނުން ކުޑަކަކޫ ޖަހަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ވައިރަހަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވެކްސިން އުފެއްދޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. 

އަމީތާބު ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑުން މުޖުތަމައުތައް ރައްކާތެރިކުރުމަށް ޑޮކްޓަރުންނާއި ނަރުހުން ކުރަމުންދާ މަސައްކަތް ފާހަގަކޮށްފަ އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އުމުރުން 77 އަހަރުގެ އަމީތާބު ގެއަށް ދޫކޮށްލީ މިދިޔަ އާދިއްތަ ދުވަހެވެ. އަމީތާބު ބުނީ އޭނާ ގެއަށް ދޫކޮށްލިނަމަވެސް އުޅެމުން އަންނަނީ ގޭގައި އަމިއްލައަށް ކަރަންޓީވެގެން ކަމަށެވެ. އެއީ ބައްޔަށް އިތުރަށް ރައްކާތެރިވުމުގެ ގޮތުން ކަމަށް ވެސް އޭނާ ބުނެ އެވެ. 

އަމީތާބު ބައްޔަށް ނެގެޓިވްވެގެން ދޫކޮށްލި ނަމަވެސް އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަން އަދި ވެސް ކޮވިޑުން ރަނގަޅެއް ނުވެ އެވެ. އޭނާއަށް އަދިވެސް ފަރުވާދެމުންދަނީ ހޮސްޕިޓަލުގަ އެވެ. 

އަބީޝޭކްގެ ފަހުން އޭނާގެ އަންހެނުން، އައިޝްވާރިޔާ ރާއީ އާއި އަންހެން ދަރިފުޅު އަރާދިޔާ ބައްޔަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާދިން ނަމަވެސް ބަލިން ރަނގަޅުވެ އެމީހުން ވެސް ވަނީ ދޫކޮށްލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް