ads
ފުލަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ފުލަމް އަލުން ޕްރިމިއަރ ލީގަށް
އިނގިރޭސި ދެވަނަ ޑިވިޝަންގެ ޕްލޭއޮފް މެޗު ކާމިޔާބުކޮށް ފުލަމް އަލުން އެނބުރި ޕްރިމިއަރ ލީގަށް ކޮލިފައި ވެއްޖެއެވެ.

ފުލަމް ޕްރިމިއަރ ލީގަށް ކޮލިފައިވީ ބްރެންފޯޑް 2-1 އިން ބަލިކޮށްގެނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާއެއް ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ފުލަމްގެ ޖޯއި ބްރަޔަން ދެ ލަނޑު ޖެހި އެވެ. އަދި ނިމެން ދަނިކޮށް ބްރެންޓްފޯޑުގެ ހެންރިކް ޑަލްސްގާޑް ލަނޑެއް ޖެއްސެވެ. 

މި ނަތީޖާއާއި އެކު ފުލަމް އަލުން އެނބުރި ޕްރިމިއަރ ލީގަށް އައީ އެއް ސީޒަންގެ ރެލިގޭޝަނަށް ފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް