ads
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ސީއެންއެމް
ތ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ މޫސުން ގޯސްވެ، ތ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ، އެ ހަތަރު އަތޮޅަށް މެންދުރު 12:40 އިން ހަވީރު 17:00 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ބުނެ އެވެ.

އޭގެ އިތުރުން އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ބުނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށްވެސް މެޓުން ބުނެ އެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުނެ އެވެ.

އުތުރުގެ ކަނޑުތަށް ގަދަވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ ރާޅުގެ އުސް މިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ބުނެ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް