ads
ބުޅައެއް: ޖަލުގައި ބަންދުކޮށްފައި އޮތް ބުޅާ ފިލީ އާދިއްތަ ދުވަހު--
މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުގައި ބަންދުކުރި ބުޅާ ޖަލުން ފިލައިފި
މަސްތުވާތަކެއްޗާއި ސިމްކާޑު ޖަލަށް އެތެރެ ކުރުމުން ސްރީލަންކާގެ ޖަލެއްގައި ބަންދުކުރި ބުޅާ ޖަލުން ފިލައިފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި ބުޅަލުގެ ކަރުގައި އައްސާފައި އޮތް ޕްލާސްޓިކު ކޮތަޅަކުން ދެ ގްރާމް މަސްތުވާ ތަކެއްޗާއި ދެ ސިމް ކާޑާއި މެމޮރީ ޗިޕެއް ވަނީ ފެނިފައެވެ.

ބުޅާ ބަންދުކޮށް މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް  ބަންދުކުރި ކޮޓަރިން އާދީއްތަ ދުވަހު ބުޅާ ވަނީ ނިކުމެ ފިލާފައެވެ.

ޖަލުން ބުޅާފިލި ހާދިސާއާ ގުޅިގެން ޖަލުން އަދި ބަޔާނެއް ނުނެރެއެވެ.

ޖަލުގެ ފާރުމަތިން މަސްތުވާ ތަކެއްޗާއި މޯބައިލް ފޯނާއި ޗާޖަރު ޖަލަށް އުކަމުންދާ ކަމުގެ ރިޕޯޓުތަކެއް މީގެ ކުރިން ވަނީ ލިބިފައެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ސްރީލަންކާގައި ދަނީ އިތުރުވަމުންނެވެ. އެކަން ހުއްޓުވުމަށް ފުލުހުން ކުރަމުން ދާ މަސައްކަތުން އެންމެ އެދެވޭ ކާމިޔާބީއެއް ލިބެމުން ނުދެއެވެ.

މިދިޔަ ހަފުތާގައި ސްރީލަންކާގެ ފުލުހުން ވަނީ މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް ގެންދަން ބޭނުންކުރަމުން ދިޔަ ބާޒެއް ކޮލަމްބޯ ސަރަހައްދުން ހިފައި ހައްޔަރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް