ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރުއްވި ޓުވީޓެއްގައި ވިދާޅުވީ ސުވިމިން ޕޫލް އެޅުމާއި ގުޅޭގޮތުން ފުވައްމުލައް ސިޓީ ތަމްސީލް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އާއި ބައްދަލު ކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިބައްދަލުވުމަގައި މި މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުންނާއި އިންޑިއާގެ ގުރާންޓް ޕްރޮގުރާމްގެ ދަށުން މިމަސައްކަތް ކުރާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރިކަމަށެވެ.
މިކަމާއި ގުޅުގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ، ޔޫތު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ އާއި ގުޅިގެން މި ޕްރޮޖެކްޓް ހިންގުމަށް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ފުވައްމުލަކު ސިޓީއާއި އެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް، އައުޓްޑޯގައި ހިންގާ ހަރަކާތްތަށް ހިންގުމަށް ރަށްކާތެރި މާހައުލެއް ބިނާކުރެވިގެން ދާނެކަމަށެވެ.