ads
ފޮޓޯ:ޓްވިޓާ
އުސޫލާ ހިލާފަށް މާލެ ފައިބާ ނަމަ އުޅަނދުގެ ކެޕްޓަން ޖޫރިމަނާ ކުރަނީ
މާލޭއަށް އަންނަ އުޅަނދު ފަހަރުން ލަފާފުރުމަށް މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ސަރުހައްދު ނޫން އެހެން ސަރަހައްދު ތަކުން ލަފާފުރާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އަތޮޅުތަކުން މާލެ އަށް އަންނަ އުޅަނދު ފަހަރު ލަފާ ފުރުމަށް ވަކި ހާއްސަ ސަރަހައްދުތަކެއް މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އެ އުސޫލްތަކާ ހިލާފަށް އަމަލުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ސިޓީ ކައުންސިލުން ކަނޑައަޅަފައިވާ އިުސޫލާ ހިލާފަށް އެހެން ސަރަހައްދަކަށް ލަފާ ފުރާނަމަ އެއުޅަނދެއްގެ ކެޕްޓަން ޖޫރި މަނާ ކުރާނެ ކަމަށެވެ. އަދި ކަނޑައަޅާފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް އެ އުޅަނދަކުން ދަތުރު ކުރި ފަސިންޖަރަކު ނުވަތަ ފަޅުވެރިއަކުވެސް ފައިބައިފިނަމަ އެއުޅަނދެއްގެ ކެޕްޓަން ޖޫރިމަނާ ކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ދޯނިފަހަރު ތަކާ ލޯންޗުތަކާ ޓެކްސީ ތަކުންވެސް ސާމްޕަލް ނަގަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދުވެސް 207 ސާމްޕަލްއެއް އެކްޓިވް ސަވައިލެންސްއެއްގެ ގޮތުގައި ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އެއްރަށުން އަނެއް ރަށައް ދަތުރު ކުރާއިރު މާސްކު އެޅުމަކީ ވެސް މަޖުބޫރު ކަމެއް ކަމަށާ ކޮވިޑް ފެނިފައި ނުވާ ރަށްރަށުގައިވެސް މާސްކު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

ނަޒްލާ އިތރުރަށް ވިދާޅުވީ ސިއްހީ ފަރުވާއަށް ނުވަތަ އެހެންވެސް ޒަރޫރީ ބޭނުމަކަށް މާލެ އައިއްސަތިބި މީހުން ފިޔަވާ އެހެން މީހުންނަށް ދެން ކަރަންޓީނަށް ރަށަކަށް ނުދެވޭނެ ކަމަށެވެ. އެހެން ނަމަވެސް މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ރަށައް ދިއުމަށް އެދިފައިވާ މީހުންނަށް ރަށަށް ދެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރަށްރަށުގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، އަތޮޅުތަކުން މާލޭއަށް އަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ބޭނުންކުރާނެ ހައްސަ ސަރަހައްދުތަކެއް މާލެ ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

ތޮޅުތަކުން މާލެ އަންނަ ދޯނިފަހަރު ލަފާފުރުމުގައި މާލޭ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުންކުރުމަށް ހަމަޖައްސައިފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

އަދި އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ބަނދަރު ކުރުމަށް އެމްއެމްއޭ ކުރިމަތި އަދި އެއް ނަންބަރު ޖެޓީ ބޭނުންކުރުމަށް ހަމަޖައްސާފައިވާ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ފަހަރު ލަފާފުރުމުގައި ހުޅުމާލޭ ބަނދަރު ބޭނުންކުރުމަށާއި އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ތިލަފުށީ ބަނދަރު ބޭނުންކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް