ads
ފިހާރައްގެ ތެރެ
ގައިޑްލައިންއާ ހިލާފަށް ހިންގި 20 ތަނެއް މިއަދު ވެސް ބަންދުކޮށްފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް ވިޔަފާރިކުރަމުންދިޔަ 20 ތަނެއް ބަންދުކޮށްފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އާންމު ހިދުމަތްދޭ 235 ތަނެއް މިއަދު އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ. 

އޭގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ހިދުމަތްދޭ 51 ތަނަކާއި 154 ފިހާރައިގެ އިތުރުން ހަތަރު މާރުކޭޓާއި ފަސް ޖިމް ކަމަށް ވިދާޅުވި އެވެ. 

އަދި އޭގެ ތެރެއިން ވިހި ތަނެއް ބަންދުކުރިއިރު ބަންދުކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ހަ ސެލޫންއަކާއި އަށް ފިހާރައިގެ އިތުރުން ތިން މާރުކޭޓާއި ކާބޯތަކެތީގެ ހިދުމަތްދޭ ތިން ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މާލޭ ސިޓީ ކައުންސިލާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން ގްރޭޓާ މާލޭ ސަރަހައްދުގައި ބޮޑު އިންސްޕެކްޝަނެއް ފަށާފައިވާއިރު ގައިޑްލައިންއާ ހިލާފަށް ހިންގާ ގިނަ އަދަދެއްގެ ތަންތަން ކޮންމެ ދުވަހަކު ވެސް އަންނަނީ ބަންދުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް