ads
މާލޭގެ މަގުމަތި--
ކޮވިޑް ޖެހުނު ފުލުހުންގެ އަދަދު 93 އަށް އަރައިފި
ރާއްޖެއިން ކޮވިޑް ޖެހުނު ފުލުހުންގެ ޖުމްލަ އަދަދު 93 އަށް އަރާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ކޮވިޑް ފެނުނު ފަހުން މިހާތަނަށް 93 ފުލުހަކަށް ކޮވިޑް ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 56 ގައި ކަމަށެވެ.

އެގޮތުން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ފުލުހުންގެ ތެރޭގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހީމް އަފްޒަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ އަދަދު ގިނަވާތީ ސަމާލުވުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ. 

ފުލުހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހުނުއިރު އެމްއެންޑީއެފްގެ ތެރެއިން ވެސް ކޮވިޑްގެ ކޭސްތައް ފެނިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް