ads
ޔޫއޭއީގައި ހިނގި އަލިފާނުގެ ހާދިސާ
ޔޫއޭއީގެ ބޮޑު ސަރަހައްދެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަޖްމަން މާކެޓް ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އަޖްމާނުގައިވާ ޔޫއޭއީގެ އިންޑަސްޓްރިއަލް ސަރަހައްދުގަ އެވެ. އަލިފާން ރޯވެފައިވަނީ އިއްޔެ ހަވީރު އެ ގައުމުގެ ގަޑިން 6:30 ގައި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

އެ ހާދިސާއަކީ ކިހިނެތް ހިންގާފައިވާ ހާދިސާއެއްކަން އަދި ސާފެއް ނުވެ އެވެ. އަދި އެ ހާދިސާ ހިންގާފައިވަނީ ދުބާއީގެ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި ކަމަށް މީޑިއާތަކުން ބުނެ އެވެ. ހަލީޖް ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި މާކެޓުގެ އެތައް ފިހާރައަކަށް އަލިފާނުގެ އަސަރު ފޯރާފައިވެ އެވެ. އަލިފާންގަނޑު ނިވުމަށް އަޖްމަންއާއި ދުބާއީ އަދި އިތުރު ދެ ސަރަހައްދެއްގެ ފަޔާ ފައިޓަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އަޖްމަން ފުލުހުންގެ ކޮމާންޑާ އިން ޗީފް ޝޭހް ސުލްޓާން އަލް ނުއަމީ ވިދާޅުވީ ތިން ގަޑިއިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު އެ ހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމަށް އަދި ރިޕޯޓުކުރެވިފައި ނުވާ ކަމަށެވެ.

ޝޭހް ސުލްޓަން އަލް ނުއަމީ އިތުރަށް ވިދާޅުވީ ތިން މިނެޓުތެރޭގައި އަލިފާނުގެ ހާދިސާ ހިންގި ތަނަށް ސިވިލް ޑިފެންސް ޔުނިޓްގެ އިތުރުން 25 ޕޮލިސް އަދި އެންބިއުލެންސް ދިޔަ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގެތައް ހުސްކޮށް ތިން ގަޑިއިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވެ އެވެ.

އަޖްމަންގައި އެ ހާދިސާ ހިނގާފައިވަނީ ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާއި، ބޮޑެތި ގެއްލުންތަކެއް ލިބުނުތާ ގާތްގަނޑަކަށް 24 ގަޑިއިރު ވިތަނާހެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް