ads
ފޮޓޯ: ޕީއެސްއެމް
އެމްޓީސީސީން އައިއެސްއޯ ކޮލިޓީ މެނޭޖްމަންޓް ސެޓްފިކޭޝަން ހާސިލްކޮށްފި
އެމްޓީސީސީން އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސާޓިފިކޭޝަން ހާސިލްކޮށްފި އެވެ.

އެމްޓީސީސީން ނެރުނު ނޫސް ބަޔާނުގައި ބުނީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ އައިއެސްއޯ 9001:2015 ސެޓްފިކެޓް އައިއެސްއޯ އެކުންފުނިން ހާސިލްކޮށްފައިވާ ކަމަށެވެ. އެގޮތުން އެކުންފުންޏަކީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސާޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސެޓްފައިކުރެވުނު ކުންފުންޏެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެމްޓީސީސީން މައުލޫމާތު ދެމުން ބުނީ އެ ކުންފުނީގެ ސެޓްފައި ކުރެވުނު އޮޕަރޭޝަންތަކަކީ:

  • ސިވިލް ކޮންސްޓްރަކްޝަން ހިދުމަތް
  • ޓްރާންސްޕޯޓް ހިދުމަތް
  • ލޮޖިސްޓިކް ހިދުމަތް
  • އާންމު ވިޔަފާރީގެ ދާއިރާއިން، އިންޖީން، ސްޕެއާ ޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާ ޑިސްޓިރިބިއުޓް ކުރުން.
  • ފާޅުފުންކުރުމާއި ބިންހިއްކުމުގެ ހިދުމަތް
  • އިންޖިނިއަރިންގް އަދި ޑޮކިންގްގެ ހިދުމަތް 

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ)ގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮމިޓީ މެނޭޖްމަންޓް ސިސްޓަމެވެ. އެސިސްޓަމަށް އެމްޓީސީސީ ސެޓްފައިކޮށްދީފައިވަނީ މަޝްހޫރު އެސްޖީއެސް (ޔުނައިޓެޑް ކިންގްޑަމް) އިންނެވެ.


"މިއީ އެމްޓީސީސީއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް. އެމްޓީސީސީން އައިއެސްއޯ 9001:2015 ހާސިލްކުރުމަކީ، މިކުންފުނީގެ ވިޔަފާރީގެ އެންމެހާ ދާއިރާތަކުން ރައްޔިތުންނާއި ކަސްޓަމަރުންނަށް ފޯރުކޯށްދެވޭ ހިދުމަތުގެ ފެންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށާއި، ރިސްކުތަށް މެނޭޖްކޮށް، ކަސްޓަމަރުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު އިތުރުކުރުމަށް ކެނޑިނޭޅި ކުރެވެމުންދާ މަސައްކަތުގެ ހެއްކެއް. މިއީ އަދި ފެށުމެއް، ދެންއޮތް މަރުހަލާއަކީ ކުންފުނީގެ މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މި ސާޓިފިކޭޝަން ދެމެހެއްޓުން،" އެމްޓީސީސީއަށް ލިބުނު އެ ކާމިޔާބީއާއި ގުޅޭގޮތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި އެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައި ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް