ads
ސުޕްރީމް ކޯޓު--
ސްޕްރީމް ކޯޓަށް ދެ ބޭފުޅަކު އައްޔަންކުރަން ލަފަޔަކަށް އެދިއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ޑރ. މުހައްމަދު އިބްރާހިމާއި، އަލްއުސްތާޒު އަލީ ރަޝީދު ހުސައިން، އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު 2302، އަލްއުސްތާޒު އަލީ ރަޝީދު ހުސައިން، އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަވިސް ކޮމިޝަންގެ މަޝްވަރާއަށް ފޮނުއްވާފައިވާ ކަމަށެވެ. 

ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާއި ހަވާލުކުރީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމުމާއި ގުޅިގެންނެވެ. 

ސްޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހުންނަމަވެސް އަދިވެސް އެ ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް