ads
ކުޅުނު ވީޑިއޯއަކާއެކު ޓިކްޓޮކްގެ މަޝްހޫރު "ޓްވިންސް" ހައްޔަރުކޮށްފި
ވީޑިއޯއެއްގައި ބޭންކެެއް ފަޅާލައި ފައިސާ ފޭރިގަންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ކުޅުނު މައްސަލައިގައި ޓިކްޓޮކްގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޓްވިންސެއް ކަމަށްވާ، އެލަން އާއި އެލެކްސް، ހައްޔަރުކޮށްފައިވާ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފި އެވެ.

ތިރީސް މިލިއަން ފޮލޯވަރުން ތިބި "ޓްވިން ބްރަދާސް" ގެ މައްޗަށް ކުރާ ތުހުމަތަކީ އެމެޖެންސީގެ ހާލަތެއް ދޮގުކޮށް ރިޕޯޓްކުރުމުގެ ތުހުމަތެވެ. އަދި އަމިއްލައަށް ކުށްވެރިން ކަމަށް ހެދިގެން ވީޑިއޯއެއް ކުޅުނު މައްސަލައެވެ. 

އެ ތުހުމަތުތައް ސާބިތުވެއްޖެނަމަ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 23 އަހަރުގެ މި ދެބެއިން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ގައި ކާކުކަން ނޭނގޭ ގޮތަށް ތިބެ ބޭންކެއް ފަޅާލާ، މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ކުޅެފަ އެވެ. އަދި އެ ވީޑިއޯއަކީ ސޯޝަލް މީޑިއާއަށް ހިއްސާކުރަން އެމީހުން ކުރި ކަމެކެވެ.

އެކަމަކު އޭރު ފުލުހުން އެމީހުން ދޫކޮށްލީ އިންޒާރު ދިނުމަށް ފަހު ނަމަވެސް ކެލިފޯނިއާގެ އޮރެންޖް ކައުންޓީ ޑިސްޓްރިކްޓްގެ އެޓާނީ ތޮޑް ސްޕިޓްޒާ ވިދާޅުވާ ގޮތުގައި މަޖާކުރުމުގެ ނިޔަތުގައި ކަމުގައި ވިޔަސް އެމީހުން ގާނޫނު މުގުރީ އެވެ.

އަދި އެފަދަ ކުށްތަކަކީ މީހަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ވެސް ލިބިދާނެ ކުށްތަކެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އާންމުންގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބޭ އޮފިސަރުންނަށް ގުޅާއި ބޭންކެއް ފަޅާލައިފިކަން ރިޕޯޓްކޮށްފިނަމަ، އެމީހުން ބަލާނީ މީހުންގެ ރައްކާތެރިކަމާއެކު ފިޔަވަޅު އެޅޭތޯ ކަމަށް ވިދާޅުވި އެވެ. 

އެކަމަކު ސޯޝަލް މީޑިއާގައި މީހުންގެ ސަމާލުކަން ހޯދާއި މަގްބޫލުވުމަށް އެކަހަލަ ކަންކަން ކުރާނަމަ އާންމުންނާއި އޮފިސަރުންނަށް ވެސް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވިދާޅުވި އެވެ. 

"ސްޓޯކްސް ޓްވިންސް" ގެ ނަމުގައި އެ ދެބެއިން ހިންގާ ޔޫޓިއުބް ޗެނަލުގައި އެކަނި ވެސް 4.81 މިލިއަން ސަބްސްކްރައިބަރުން ތިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް