ads
ޕީޕީއީ ލައިގެން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
28 ނަރުހަކަށް މުސާރަ ނުލިބޭތީ އެމްއެޗްޕީޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ބިދޭސީ 28 ނަރުހަކަށް މުސާރަ ނުލިބޭތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެޗްޕީޔޫ އިން ކުރި ޓްވީޓެއްގައި ބުނީ ބިދޭސީ 28 ނަރުހަކަށް، ޖޫން އަދި ޖުލައި މަހުގެ އަސާސީ މުސާރަ ހަމަޖެހިފައި ނުވާކަމީ، އެ ޔޫނިއަން އިން ކަންބޮޑުވާކަމެއް ކަމަށެވެ. 

އަދި ވީއެންމެ އަވަސް ފުރުސަތެއްގައި އެމީހުންގެ މުސާރަ ހަމަޖެއްސުމަށް ވެސް އެ ޔޫނިއަނުން ވަނީ ގޮވާލާފަ އެވެ.

އެ ޓްވީޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗު ވެސް ޓެގްކޮށްފައިވެ އެވެ. 

އެ ނަރުހުން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުން ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އައިޖީއެމްއެޗުން މެނޭޖުކުރަމުން އަންނަ ދެ ފެސިލިޓީގައި ކަމަށްވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް