ads
ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
ހިޔާ ފްލެޓުތަކުގައި ހުރި ކޮމާޝަލް އޭރިއާ ވާޗުއަލްކޮށް ބަލާލެވޭނެ ގޮތް ހަދަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ކޮމާޝަލް އޭރިއާ ވާޗުއަލްކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މިދިޔަ މަހުގެ ތެރޭގައި އެޗްޑީސީން ވަނީ ހިޔާ ފްލެޓުތަކުގައި ހުރި ކޮމާޝަލް އޭރިއާ ބެލުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް އޯޕެންޑޭއެއް ބޭއްވުމަށް ނިންމާއި، އެކަމަށް އެދި ރަޖިސްޓްރީވުމަށް ހުޅުވާލާފައި ނަމަވެސް މިއަދު އެޗްޑީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އޯޕަންޑޭ ނުބާއްވަން ނިންމާފައިވާ ކަމަށެވެ. 

އަދި ހިޔާ ފްލެޓުތައް ހުރި ސަރަހައްދަށް ގޮސް، ކޮމާޝަލް އޭރިއާ ނުބެލުން ނަމަވެސް ވާޗުއަލްކޮށް އެ ސަރަހައްދު ދައްކާލަން މިހާރު ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ވަރަށް އަވަހަށް އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް އެ ސަރަހައްދު ބަލާލެވޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން ހަދަން ފެށި 7000 ފްލެޓްގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި ހައްގުވެރިންނަށް ހަވާލުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް މިހާރު ވަނީ އެތަންތަނަށް ފެނާއި ކަރަންޓު ގުޅުމަށް އިތުރު އަށް މަސް ނަގާނެ ކަމަށް ބުނެފަ އެވެ. 

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ޗައިނާގެ ސްޓޭޓް އިންޖީނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކުރި އެ މަޝްރޫއުގައި އިމާރާތްކުރަމުން ދަނީ 25 ބުރީގެ 16 ޓަވަރެވެ. އެއިން ކޮންމެ ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް