ads
ސައިފް އާއި ކަރީނާ--
ސައިފްއާ ކައިވެނި ކުރުން އެއީ ހަޔާތުގައި ނެގުނު އެންމެ ރަނގަޅު ފިޔަވަޅު: ކަރީނާ
ސައިފްއާ ކައިވެނިކުރުން އެއީ ހަޔާތުގައި ނެގުނުން އެންމެ ރަނގަޅު އެއް ފިޔަވަޅު ކަމަށް ބަތަލާ ކަރީނާ ކަޕޫރު ބުނެފި އެވެ.
ސައިފްއާ ކައިވެނި ކުރުން އެއީ ހަޔާތުގައި ނެގުނު އެންމެ ރަނގަޅު އެއް ފިޔަވަޅު ކަމަށް ބަތަލާ ކަރީނާ ކަޕޫރު ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގެ ތެރެއިން ކަރީނާ ބުނީ ކައިވެނި ކުރުމަކީ ފިލްމީ ހަޔާތަށް އަޑިއަޅާލާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް އެގޮތަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ. އަދި ލޯބިވާ މީހާއާ ކައިވެނި ކުރުމަކީ އޭނާއަށް ލިބުން އުފަލެއް ކަމަށާއި އެއީ އެންމެ ރަނގަޅު އެއް ފިޔަވަޅު ކަމަށެވެ.

ކަރީނާ ބުނީ، އޭނާ ކައިވެނި ކުރިއިރު ވެސް ގިނަ ބަޔަކު ވަނީ ކެރިއަރަށް ގެއްލުން ވާނެ ކަމަށް ބުނެ ފާޑުކިޔާފަ ކަމަށެވެ. އެކަމަކު ވެސް އޭނާ ބޭނުންވީ އެންމެ ލޯބިވާ މީހާއާއެކު މުޅި ހަޔާތް އެކީ ހޭދަކުރަން ކަމަށާއި އެހެންވެ އެ ފިޔަވަޅު ނެގީ ކަމަށެވެ.

އުމުރުން 39 އަހަރުގެ ކަރީނާ އާއި ސައިފް، 2012 ވަނަ އަހަރުގެ ތެރޭގައި ކައިވެނި ކުރިއިރު އެމީހުންގެ ކައިވެންޏަށް ދަރިއަކު ވެސް އެބަ ހުއްޓެވެ. މިއީ ކަރީނާގެ ފުރަތަމަ ކައިވެނި ނަމަވެސް ސައިފް ވަނީ ކުރިން އަމްރިތާ ސިންގްއާ ކައިވެނިކޮށް ދެ ދަރިން ވެސް ލިބިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް