ads
ރޭޕްކުރުމާއި ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ދަރިފުޅާ ބެހުނު ބައްޕައަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ދެކުނުގެ ރަށެއްގައި ދަރިފުޅާ ބެހުނު ބައްޕައަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވަނީ 18 އަހަރު ނުފުރޭ ދަރިފުޅާ ބެހުނު ބައްޕައަކު ހައްޔަރުކުރިކަން ސީއެންއެމްއަށް ކަށަވަރުކޮށްދީފަ އެވެ. 

އިތުބާރު ހުރި މަސްދަރަކުން "ސީއެންއެމް"އަށް ބުނާ ގޮތުގައި އެ މީހާ އެންމެ ފުރަތަމަ ހައްޔަރުކުރީ މިމަހުގެ ތިން ވަނަ ދުވަހެވެ. އެގޮތުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އެމީހާ އެންމެ ފުރަތަމަ ވަނީ ދޫކޮށްލާފަ އެވެ. 

އެކަމަކު އިއްޔެ އެމީހާ އަލުން ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. 

އެނގިފައިވާ ގޮތުގައި އުމުރުން އެންމެ ތިން އަހަރުގެ އެ އަންހެން ކުއްޖާގެ މަންމަ އާއި ބައްޕަ ވަރިވެފައިވިތާ އަދިވީ އެންމެ ހަތަރު ވަރަކަށް މަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް