ads
ބިދޭސީންގެ ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ކޮވިޑް ޖެހުނު މީހުންގެ އަދަދު 100 އިން ދަށްވެއްޖެ
ރާއްޖެއިން އިތުރު 89 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 86 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 19 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ ހަ މީހަކާއި ސްރީލަންކާގެ އާއި ބްރިޓިޝްގެ ދެ މީހަކާއި އެމެރިކާ އަދި މިސްރުގެ މީހެއް ކަމަށެވެ. 

އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 4,769 އަށް އަރާފަ އެވެ.

އަދި މިއަދު އިތުރު 29 މީހަކު ކޮވިޑުން ރަނގަޅުވެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2754 އަށް އަރާފަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުގައި އިއްޔެ ވެސް 86 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި 27 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ މީހަކާއި ފިލިޕިންސްގެ މީހެއްގެ އިތުރުން ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ. 

އެޗްޕީއޭ އިން ބުނެފައިވާގޮތުގައި އިއްޔެ ވެސް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މާލެއިން ނެވެ. އެގޮތުން މާލެއިން 85 ޕޮޒިޓިވްވިއިރު އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ އެކެއްގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް