ads
ކިމްސް ހޮޮސްޕިޓަލް
ކިމްސް ހޮސްޕިޓަލަށް ދިޔަ 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެެއްޖެ
އިންޑިއާ ގެ ކިމްސް ހޮސްޕިޓަލަށް ދިޔަ ދެމީހުން ކޮވިޑް-19 ޕޮޒިޓިވްވެއްޖެ އެވެ.

އާސަންދަ އިން މައުލުމާތު ދޭ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ ބަލިމީހަކާއި އެހެން ބަލިމީހެއްގެ އެހީތެރި އެކެވެ. 

މި ދެ މީހުންނަކީ ޖުލައި 29 ވަހނަ ދުވަހު އިންޑިއާ އަށް ފުރި ބެޗްގެ ދެމީހުން ކަމަށް އާސަންދަ އިން ބުނެ އެވެ. 

އާސަންދަ އިން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި އެހީތެރިޔާ އާއި އެކު ފަރުވާ ހޯދުމަށް ދިޔަ ބަލިމީހާގެ ފަރުވާ މިހާރު ނިމިފައި ވާކަމަށާއި އެހެން ނަމަވެސް އެހީތެރިޔާ ކޮވިޑަށް ޕޮޒިޓިވް ވުމުން 14 ދުވަހު ކަރަންޓީނުގައި އިންޑިއާ ގައި މަޑުކުރަން ޖެހޭނެ ކަމަށެވެ. 

އޭގެ އިތުރުން ބައްޔަށް ޕޮޒިޓިވްވި ބަލިމީހާގެ ފަރުވާ މިހާރުވެސް ކުރިއަށް ދާ ކަމަށް އާސަންދަ އިން ބުނެ އެވެ. 

ކިމްސް ހޮސްޕިޓަލަށް ދިޔަ މި ދެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އަމްރިތާ ހޮސްޕިޓަލަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން މީހުން މިހާރު ބަލިން ރަނގަޅުވެފައި ވާކަމަށް ވެސް އާސަންދަ އިން ބުނެ އެވެ. 

ބަލިމީހުންނާ އެހީތެރިންނާއެކު މުޅި ޖުމުލަ 50 މީހުން ވަނީ މިއަދު ވެސް އިންޑިއާ އަށް ފަރުވާ ހޯދުމަށް ފުރާފައި އެވެ. މިއީ އެގޮތަށް އިންޑިއާއަށް ފުރި ހަތަރު ވަނަ ބެޗު އެވެ. 

އިންޑިއާ އަށް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކު ކަމަށް އާސަންދައިން ބުނެ އެވެ. އިންޑިއާއިން ވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށާއި އަދި އެ ޤައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް