ads
އަމްރިތާ--
އަމްރިތާއިން ކޮވިޑް ޖެހުނު ތިން ދިވެހިން ރަނގަޅު ވެއްޖެ
އިންޑިއާއަށް ބޭހަ ދިޔަ މީހުންގެ ތެރެއިން ކޮވިޑް ޖެހުނު ތިން މީހަކު ރަނގަޅުވެފައިވާ ކަމަށް އާސަންދައިން ބުނެފި އެވެ.

އާސަންދައިން ބުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އަމްރިތާ ހޮސްޕިޓަލަށް ދިޔަ ބެޗުން ޕޮޒިޓިވްވި ހަތަރު މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. 

އާސަންދައިން ބުނި ގޮތުގައި އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އެއް ޕޭޝަންޓަކާއި ތިން އެހީތެރިންނެވެ. 

އޭގެ ތެރެއިން މިހާރު ކޮވިޑް ޖެހިގެން ފަރުވާދެނީ އެހީތެރިއަކަށެވެ.

އާސަންދައިން އިތުރަށް ބުނި ގޮތުގައި ޖުލައި 29 ވަނަ ދުވަހު ކިމްސް ހޮސްޕިޓަލަށް ދިޔަ ބެޗުން ބަލި މީހެއްގެ އިތުރުން އެހީތެރިއަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަމްރިތާ އިން ކޮވިޑަށް ޕްޒިޓިވްވި ތިން މީހުން ރަނގަޅުވި އިރު ކިމްސްއަށް ދިޔަ ދެ މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އާސަންދައިން ބުނިގޮތުގައި ކިމްސް އިން ޕޮޒިޓިވްވެފައިވަނީ އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ ބަލި މީހަކާއި އެހެން ބަލި މީހެއްގެ އެހީތެރި އެކެވެ. 

މި ދެ މީހުންނަކީ ޖުލައި 29 ވަހނަ ދުވަހު އިންޑިއާ އަށް ފުރި ބެޗްގެ ދެމީހުން ކަމަށް އާސަންދަ އިން ބުނެ އެވެ. 

އާސަންދަ އިން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި އެހީތެރިޔާ އާއި އެކު ފަރުވާ ހޯދުމަށް ދިޔަ ބަލިމީހާގެ ފަރުވާ މިހާރު ނިމިފައި ވާކަމަށާއި އެހެން ނަމަވެސް އެހީތެރިޔާ ކޮވިޑަށް ޕޮޒިޓިވް ވުމުން 14 ދުވަހު ކަރަންޓީނުގައި އިންޑިއާ ގައި މަޑުކުރަން ޖެހޭނެ ކަމަށެވެ. 

އޭގެ އިތުރުން ބައްޔަށް ޕޮޒިޓިވްވި ބަލި މީހާގެ ފަރުވާ މިހާރުވެސް ކުރިއަށް ދާ ކަމަށް އާސަންދަ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް