ads
ކޮވިޑް 19 ވެކްސިން
ކޮވިޑް-19: ދުނިޔޭގެ އެންމެ ފުރަތަމަ ވެކްސިން ރެޖިސްޓްރީ ކުރުން އަންނަ ހަފްތާގައި!
ކޮވިޑް-19 ބަލިން ރައްކާތެރިވުމަށް ބޭނުން ކުރާ، ވެކްސިންއެއް އެންމެ ފުރަތަމަ ފަހަރަށް ރަޖިސްޓާ ކުރަން ތައްޔާރުވެއްޖެ އެވެ.

ވެކްސިން އުފެއްދުމުގެ މައްސައްކަތުގެ އެންމެ ފަހު މަރުހަލާގައި އޮތް ރަޝިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުން މިމަހުގެ 10 ވަނަ ދުވަހު ދުނިޔޭގެ އެންމެ ފުރަތަމަ މިބާވަތުގެ ވެކްސިން ރެޖިސްޓާ ކުރަން ހުށަހަޅާނެ އެވެ. 

ރަޝިޔާގައި އުފައްދާ ވެކްސިންގެ ޓްރަޔަލް ފަށާފައި ވަނީ މިދިޔަ ޖޫން މަހުގެ މެދު ތެރޭގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާއިން މި ވެކްސިން އެންމެ ފުރަތަމަ ދިނުމުގައި އިސްކަން ދޭނީ ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށާއި ގައުމުގެ ބައެއް އިސް ފަރާތްތަކަށެވެ. 

ރަޝިއާގެ އިތުރުން ވެސް ދުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކުން ދަނީ ކޮވިޑް-19 އިން ރައްކާތެރިވެވޭނެ ވެކްސިން އެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ވެކްސިން ހޯދުމުގެ މަސައްކަތުގައި އުއްމީދީ ސިގްނަލްތަކެއް ލިބިފައިވީ ނަމަވެސް އަދި މިހާތަނަށް އެއްވެސް ގައުމަކަށް މި ވެކްސިން އާއްމު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެވިފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް