ads
ޔުވެންޓަސްގެ ރޮނާލްޑޯ
ރޮނާލްޑޯގެ ދެ ގޯލުން މޮޅުވިޔަސް ޔުވެންޓަސް ކަޓައިފި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ލިޔޯން އަތުން ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވި ނަމަވެސް ކުއާޓަ ފައިނަލަށް ނުގޮސް ޔުވެންޓަސް ކަޓައިފިއެވެ.

ލިޔޯން އަތުން ޔުވެންޓާސް ރޭ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.

ރޭގެ މެޗުން ލިޔޯން ބަލިވި ނަމަވެސް ފުރަތަމަ ލީގުގައި އެއް ލަނޑު ސުން ލަނޑުން ޔުވެންޓަސް އަތުން މޮޅުވެފައިވާތީ އެގްރިގޭޓް ނަތީޖާ އެއްވަރުވެފައިވުމުން ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ލިޔޯން ދަތުރުކުރީ އަވޭ ގޯލުން ކުރި ލިބިގެންނެވެ. 

ރޭ ލިޔޯން އިން ޖެހި ގޯލަކީ އެ ޓީމު ކުއާޓާ އަށް ގެންގޮސްދިން ގޯލެވެ. ޕެނަލްޓީއަކުން މި ގޯލް ޖެހީ ކެޕްޓަން މެމްފިސް ޑިޕާއިއެވެ. އޭގެ ފަހުން ރޮނާލްޑޯވަނީ ދެ ލަނޑު ޖަހައި ޔުވެންޓަސްއަށް ކުރި ހޯދައިދީފައެވެ. އެހެންނަމަވެސް ޔުވެންޓަސް ކެޓީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް