ads
އިންޑިއާގެ ކެރެލާ އަށް ވެއްޓުނު ފްލައިޓް
ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓުން މަރުވި މީހުންގެ އާއިލާތަކަށް ރައީސް ތައުޒިޔާ ފޮނުއްވައިފި
ހުކުރު ދުވަހުގެ ރޭ ޖައްސަން އުޅެނިކޮށް ކަހާލި، އެއާ އިންޑިއާގެ ފްލައިޓުން މަރުވި މީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުކުރު ދުވަހު ކެރެލާގެ ރަންވޭ އަށް ޖައްސަން އުޅެނިކޮށް ކަހާލައިގެން ދެފަޅިވި އެއާ އިންޑިއާ ފްލައިޓްގެ ހާދިސާގެ އަޑު އެއްސެވީ ހިތާމަޔާއި އެކު ކަމަށެވެ. 

އެމަނިކުފާނުގެ ޓްވީޓުގައި ހާދިސާގައި އަސަރު ކޮށްފައިވާ ހުރިހާ އާއިލާތަކަކަށް ތައުޒިޔާ ވެސް ފޮނުއްވާފައިވެ އެވެ. 

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ހުކުރު ދުވަހު އިރުއޮއްސުނު ހާއިރު އެ ހާދިސާ ހިނގާފައި ވަނީ 191 ޕަސެންޖަރަކު ގޮވައިގެން ދަތުރުކުރަމުންދަނިކޮށެވެ.

އެހާދިސާގައި ފްލައިޓްގެ ޕްއިލެޓުންގެ އިތުރުން 18 ޕަސެންޖަރުންވެސް މަރުވެފައި ވާކަމަށް އިންޑިއާގެ ހަބަރުތަކުން ބުނެ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ރަންވޭގައި ޖައްސަން އުޅުނު ވަގުތަކީ ވަރަށް ބޯކޮށްވާރޭވެހުނު ވަގުތެކެވެ. 

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި އެ ފްލައިޓަކީ ކޮވިޑާއި ގުޅިގެން އެކި ގައުމުތަކުގައި އުޅެމުންދާ އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތާވަލުކުރި ފްލައިޓެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް