ads
ވިއްސާރަ ދުވަހެއް
އުތުރާއި މެދުރާއްޖެ ތެެރެއަށް ވިއްސާރަވާނެ
އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި މިއަދުގެ 18:00 އާއި ހަމައަށް އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެ އެވެ. 

އޭގެ އިތުރުން ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ. ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލުގެ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ. 

އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖޭހެނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. 

މެޓް އޮފީހުން އިތުރަށް ބުނީ ދެކުނުގެ އަތޮޅުގައި ކަނޑު މަޑުވާނެ ކަމަށާއި އެހެން ނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ. ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް ލަފާކުރެ އެވެ. 

އިއްޔެވެސް މެދުރާއްޖެ ތެރޭގެ ބައެއް ރަށްތައް ކަމަށްވާ ޅ. ނައިފަރާއި ހިންނަވަރު އަދި ކުރެންދޫ އަށް ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ގޭގެ އަށް ގެއްލުން ލިބިފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް