ads
އެފްރިކާ
އެފްރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް!
ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި، އެފްރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެފްރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން އެ އަދަދު ރިޕޯޓުކުރެވިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެކަމާއި ގުޅިގެން ހެލްތް އެކްސްޕާޓުން ތަޖުރިބާކާރުން ބުނީ އެގައުމުގައި ކޮވިޑް ޕީކަށް ނުދާ ކަމަށެވެ.

އެފްރިކާގައި މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު އެގައުމުގައި 22،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑްގައި މަރުވެފައެވެ. އަދި 690،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެފްރިކާގައި ކޮވިޑް ހަލުވިކަމާއެކު ފެތުރުމާއި ގުޅިގެން މިދިޔަ މަހު ޑަބްލިއުއެޗްއޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަހަކަށް އައިސް ކޭސްތައް އިތުރުވުމުގެ ކުރިން ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާކިޔާފައި އެފްރިކާގައި ކޮވިޑްގެ އަސަރު އެހާ ބޮޑަށް ފޯރާފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ކޮވިޑް ޖެހުނު މީހުންގެ އަސަލު އަދަދު އެއަށް ވުރެ ގިނަ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

އެފްރިކާ ސަރަހައްދުގެ ގައުމުތަކުގެ ތެރޭގައި ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ކޭސް ފެނިފައިވަނީ ސައުތް އެފްރިކާއިން ނެވެ. ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވާ އެފްރިކާ ސަރަހައްދުގެ ގައުމަކަށް ވެސް މިހާރުވެފައިވަނީ ސައުތު އެފްރިކާ އެވެ. އަދި އެ ގައުމު ވަނީ ދުނިޔޭގައި ކޮވިޑް އެންމެ ގިނައިން ފެނިފައިވާ ފަސް ވަނަ ގައުމަށް ވެފައެވެ.

ފަންސާސްއަށް މިލިއަން މީހުންގެ އާބާދީއެއް އޮތް ސައުތް އެފްރިކާގައި ގާތްގަނޑަކަށް 10 މިލިއަނެއްހާ މީހުން ސްކްރީން ކޮށްފައިވާއިރު އެގައުމުގައި ތިން މިލިއަނަށްވުރެ ގިނަ ޓެސްޓު ވަނީ ހަދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް