ads
ރިލްވާން އާއި އޭނާގެ މަންމަ--
ރިލްވާނުގެ ހަނދާނުގައި ބައޮގްރަފީއަކާއި ލަވައެއް ނެރެފި
ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި އޭނާގެ އާއިލާއިން ބައޮގްރަފީއަކާއި ލަވައެއް ނެރެފި އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. މިއަދު ރިލްވާން ގެއްލުވާލިތާ ހަ އަހަރު ފުރިގެންދާއިރު އާއިލާއިން ތިބީ ރިލްވާނަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިއަދު އެ ފޮތް ނެރެފައިވާއިރު ޝަހިންދާ އިސްމާއިލް ލިޔުނު އެ ފޮތަކީ "ގެއްލުވާލި މައުސޫމް ދިވެހި ދަރިއެއް" ގެ ނަމުގައި ލިޔެފައިވާ ފޮތެކެވެ. އެ ފޮތުގައި ރިލްވާނުގެ ހަޔާތުގެ ވާހަކަތަކާއި އޭނާގެ ގެއްލުނު ގޮތާއި ގުޅިގެން މުވައްސަސާތަކުން ދައްކާފައިވާ ވާހަކަތައް ވެސް ހިމަނާފައިވެ އެވެ. 

އަދި "ވިންދު ދިޔައީ ގެއްލިގެން" ގެ ނަމުގައި ނެރެފައިވާ ލަވައިގެ ޅެން ތައްޔާރުކޮށްފައި ވަނީ ރިލްވާންގެ ދައްތަ، ފާތިމަތު ޝެހެނާޒެވެ. ލަވަ ކިޔާފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. 

ރިލްވާންގެ މަރުގެ މައްސަލަ ހިމެނޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުން ބުނާ ގޮތުގައި ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާއަށް ފާރާލީ ބައެކެވެ. 

އެގޮތުން ގަދަކަމުން ގެންގޮސް ރަތްކުލައިގެ ކާރަކަށް އެރިވި ކަމަށާއި އޭގެ ފަހުގައި ހުޅުމާލޭގެ ފަޅުގައި އަޅާަފައި އޮތް ޑިންގީއެއްގައި އޭނާ ގޮވައިގެން ކަނޑުގައި އަޅާފައި އޮތް އުޅަނދަކަށް އެރުވާ މަރާލި ކަމަށް ވަނީ ބުނެފަ އެވެ.

އަދި އޭނާ މަރާލި މީހުން ވަނީ މަރާލުމުގެ ކުރިން ޝަހާދަތް ލައިދީފައި ކަމަށް ވެސް ބުނެ އެވެ. އަދި މަރާލުމަށް ފަހު ކަނޑު ފައްތާފައިވާ ކަމަށް ވެސް މަރު ކޮމިޝަނުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް