ads
ޖުވެނައިލް ކޯޓް--
ފާއިތުވި 10 އަހަރުތެރޭ 2128 ކުޑަކުއްޖަކު އެކިކަހަލަ ކުށްތަކަށް އަރައިގަނެފައިވޭ!
ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން 2019 އަހަރާއި ހަމަޔަށް 2128 ކުޑަކުއްޖަކު ތަފާތު އެކި ކުށްތަކަށް އަރައިގަނެގެން ހުށަހަޅާފައިވާކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފި އެވެ

ޖަސްޓިސް ޔުނިޓުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިން ގާނޫނާއި ހިލާފުވެގެން 2،128 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އޭގެ ތެރޭގައި ވެސް ގިނައީ ފިރިހެން ކުދިން އެކި ކުށްތަކަށް އަރައިގަނެގެން ރިޕޯޓް ކޮށްފައިވާ މައްސަލަ ތަކެވެ. އެއީ 1،929 މައްސަލައެކެވެ. އަދި އަންހެންކުދިންގެ ތެރެއިން 199 ކުއްޖެއްގެ މައްސަލަ އެއް ޖަސްޓިސް ޔުނިޓަށް ހުށަހެޅިފައިވެ އެވެ.

your image2128 ކުއްޖަކު 9 އަހަރުތެރޭ އެކި ކަހަލަ ކުއްތަކަށް އަރައިގެންފައިވޭ

ޖަސްޓިސް ޔުނިޓުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2010 ވަނަ އަހަރު ވަރަށް މަދު މިންވަރަކަށް ކުދިން ކުށުގެ މާހައުލުގައި ހަރަކާތްތެރިވެފައި ވާއިރު ކުށްތަކަށް އަރައިގަންނަ ކުޑަކުދިންގެ އަދަދު މަތިވާން ފަށައިފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އެއަށްފަހު 2013 ވަނަ އަހަރު މިއަދަދު ދަށް ވުމަށްފަހު 2014 ވަނަ އަހަރުން ފެށިގެން މިއަދަދު މަތިވަމުން ދިޔަކަން ޖަސްޓިސް ޔުނިޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. 

އެގޮތުން ކުޑަކުދިން ކުށްތަކަށް އަރައިގަންނަ މިންވަރު ރިކޯޑް އަދަދަކަށް މައްޗަށް ގޮސްފައި ވަނީ 2017 ވަނަ އަހަރު އެވެ.

18 އަހަރު ނުފުރޭ ކުޑަކުދިން ކުށްތަކަށް އަރައިގަންނަަ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުންނެވެ. އަދި ގާނޫނީ ގޮތުން ބޮޑެތި ކުށްތަކުގައި ހަރަކާތްތެރިވާ މިންވަރު މިހާރު ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށް އިދާރަތަކުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް