ads
އަހުމަދު ރިލްވާން---
ރިލްވާންއާ މައުލޫމާތު އެނގޭ އިތުރު ބަޔަކު ތިބެދާނެތީ މައުލޫމާތު ހިއްސާކުރަން އެދިއްޖެ
ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމާއި ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭތީ، އެ މައުލޫމާތު ހިއްސާކުރަން މަރު ކޮމިޝަނުން އެދިއްޖެ އެވެ.

ރިލްވާން ވީނުވީގޮތެއް ނޭނގި ގެއްލުވާލިތާ މިއަދު ހަ އަހަރު ފުރޭއިރު، ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އާއިލާއަށް އިންސާފު ނުލިބި އޮތްކަމީ، އެ އާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަމަށާއި އެ ހިތާމައިގައި ކޮމިޝަނުން ބައިވެރިވާ ކަމަށެވެ. 

އަދި ރިލްވާންގެ އާއިލާ އާއި ގޮތް ގޮތް ނޭނގޭ މަރުތަކައި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ކޮމިޝަނުން ފަށާފައިވާ ބުރަ މަސައްކަތްތައް އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމަށާއި ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އެ ކޮމިޝަނަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން، ކުރިއަށްއޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް އައްޔަނުކުރުމުގެ މަސައްކަތް ރައީސް އޮފީހާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. 

ބަޔާނުގައި ބުނީ އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، މިދިޔަ މަހުގެ ދެވަނަ ދުވަހު ރިލްވާން އާއި މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދު ގެ އާއިލާއާ ބައްދަލުކުރުމަށް ފަހު ކަމަށެވެ.

އަދި ރިލްވާންގެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރިލްވާން ގެއްލުވާލުމާއި ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭތީ، އެ މައުލޫމާތު ކޮމިޝަނަށް ހިއްސާކުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ވަނީ ބުނެފަ އެވެ.

"އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ،"

މިއަދު ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރަސްތަކާއި ދަތިތަކާއެކު ވެސް ރިލްވާނަށް އިންސާފު ހޯދުމަށް މާތްﷲގެ ވާގިފުޅާއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާއި މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް