ads
ޑރ. ނަޒްލާ ރަފީގް--
2791 މީހަކު ބަލިން ރަނގަޅު ވެއްޖެ: ޑރ.ނަޒްލާ
2791 މީހަކު މިހާތަނަށް ކޮވިޑް19 އިން ރަނގަޅު ވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސެންޓަރުން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސެންޓަރ (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް 4898 މީހަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށާ އޭގެތެރެއިން 2791 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. މިހާތަނަށް ރާއްޖެއިން 19 މީހަކު ވަނީ ކޮވިޑް19 ގައި ނިޔާވެފައެވެ.

ޑރ ނަޒްލާ ވިދާޅުވީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 37 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ޑރ ނަޒްލާ ވިދާޅުވީ 9 މީހަކަށް އައިސީޔޫގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެއީ ޑީއެޗް 11 ގައި ދެ މީހުންނަށް ފަރުވާ ދެމުން ދާކަމަށާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހަތް މީހުންނަށް ފަރުވާ ދެމުން ދާކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި  ވެންޓިލޭޓަރުގައި އެކަކަށް ފަރުވާ ދެމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވިއެވެ.  ވޯޑުގައި 135 މީހަކަށް ފަރުވާދެމުންދާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ޑީއެޗް16 ގައި 4 މީހަކަށް ފަރުވާ ދެމުންދާކަމަށާ ށ ފުނަދޫގައި އެކަކަށް ފަރުވާ ދެމުން ދާއިރު ބ އޭދަފުށީގައި ވެސް އެކަކަށް ފަރުވާ ދެމުން ދާކަމަށާ އަދި ހުޅުމާލެ ފެސިލިޓީގައި 129 މީހަކަށް ފަރުވާ ދެމުން ދާކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ޖުމްލަ 1481 މީހަކު އެބަތިބި ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 47 މީހުން އައިސޮލޭޝަން ފެސިލިޓީތަކުން ދޫކޮށްލާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިއަދުވެސް ވަނީ ގިނައަދަދެއްގެ ބަޔަކު ކޮވިޑް19 އަށް ޕޮސިޓިވް ވެފައެވެ. އޭގެ ތެރޭގައިވެސް ގިނައަދަދެއްގެ ދިވެހިން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް