ads
ހުޅުމާލޭ މެޑިކަލް ފެސިލިޓީ--
ފެސިލިޓީތަކަށް ނުގެންދެވި 240 މީހުން އެބަތިބި: އެޗްއީއޯސީ
ކަރަންޓީން ފެސިލިޓީ ތަކަށް ނުގެންދެވި 240 މީހުން އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކަށް ނުގެންދެވިގެން ތިބި މީހުންގެ ތެރޭގައި އެކި ކަހަލަ ސަބަބުތައް ދިމާވެގެން ނުގެންދެވިގެން އުޅޭ މީހުން ތިބި ކަމަށެވެ.

ކުއްޖާގެ މަންމަ ޕޮޒިޓިވް ވީމާ ދަރިފުޅުގެ ޓެސްޓު ކުރުމަށް ފަހު ނަތީޖާ ލިބުނީމާ ދާން ބޭނުން ވާ މީހުންނާއި ކުއްޖާ ޕޮޒިޓިވްވެފައި މަންމަ ޓެސްޓު ކުރުމަށް ފަހު ނަތީޖާ ލިބުނީ މާ ދާން ބޭނުންވާ މީހުން ވެސް އެބަތިބި ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ވަކި ފެސިލިޓީ އަކަށް ދާން ބޭނުންވެގެން މަޑު ކޮށްގެން ތިބި މީހުން މަދުން ނަމަވެސް އެބަތިބި ކަމަށެވެ. އަދި ވަކި ފެސިލިޓީއެއްގައި އާއިލާގެ މީހަކު ހުރީމާ އެފެސިލިޓީއަކަށް ދާން ބޭނުންވާ މީހުންވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުން ފެސިލިޓީތަކަށް ނުގެންދެވިފައި ވަނީ މިކަހަލަ ސަބަބު ތަކެއް ހުރުމުން. ހާއްސަ އިސްކަން ދޭ މީހުން އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ވީހާ ވެސް އަވަހަކަށް ފެސިލިޓީތަކަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުން،" ނަޒްލާ ވިދާޅުވިއެވެ.  

މިހާތަނަށް ރާއްޖެއިން 4898 މީހަކަށް ކޮވިޑް19 ޖެހިފައިވވާއިރު އޭގެތެރެއިން 2791 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ކޮވިޑު ޖެހިގެން ރާއްޖޭގައި 19 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ. އަދި އޭގެ ތެރޭގައި ގިނަ ދިވެހިން ހިމެނޭކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް