ads
ޑރ. ނަޒްލާ ރަފީގް--
21 ދުވަސްވެފައިވާތީ ގެއްލުނު 15 މީހުން ހޯދުން ހުއްޓާލައިފި
21 ދުވަސްވެފައިވާތީ ގެއްލުނު 15 މީހުން ހޯދުން ހުއްޓާލާފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފިލައިގެން އުޅުނު ބައެއް މީހުން ފުލުހުން ވަނީ ހޯދާފަ އެެވެ. އެކަމަކު 15 މީހަކު ނުފެނިވާއިރު އެމީހުން ހޯދުމުގެ މަސައްކަތް ވެސް ހުއްޓާލާފައިވާކަން މިރޭ މިވަނީ އިއުލާންކޮށްފަ އެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ 15 މީހުން ގެއްލިފައިވާތާ، މިހާރު 21 ދުވަސްވެފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އެގޮތުން މިހާރު އެމީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ނުފެނި ތިބި ފަނަރަ މީހުން. އެމީހުން މިހާރު 21 ދުވަސް ކޮމްޕްލީޓްވީމަ ދެން އެމީހުން އިތުރަށް ހޯދުމުގެ މަސައްކަތެއް ނުކުރާނަން. މިހާރު ދެން އެމީހުން ރިކަވާވީ ކަމަށް މި ބަލަނީ،"

ކުރިން އެޗްޕީއޭ އިން ވަނީ ގެއްލުނު މީހުންގެ ވަނަވަރު އާންމުކުރުމާއި މެދު މަޝްވަރާކުރަމުންދާ ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު ގެއްލިގެން ހޯދި އެއްވެސް މީހެއްގެ ވަނަވަރު އާންމުކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް