ads
ޕޮޒިޓިވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 144 މީހަކަށް ފަރުވާދެމުން ދޭ-- ފޮޓޯ: ސީއެންއެމް
ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 144 އަށް!
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 144 އަށް އަރައިފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 144 މީހަކަށް ފަރުވާދެމުން ދާ ކަމަށާއި އޭގެތެރެއިން ނުވަ މީހަކަށް ފަރުވާދެމުންދަނީ އައިސީޔޫގަ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން  ދެ މީހަކަށް ފަރުވާ ދެނީ ޑީއެޗް 11 ގަ ކަމށާއި އަނެއް ހަތް މީހުންނަށް ފަރުވާ ދެމުންދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ. އެ ހަތް މީހުންގެ ތެރެއިން އެކަކަށް މިވަގުތު ދަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވޯޑްތަކުގައި މިވަގުތު ޖުމުލަ 135 ފަރާތަކަށް ފަރުވާދެވެމުން ދާކަމަށާއި އެއީ ޑީއެޗް16 ގައި ހަތަރު މީހަކަށާއި ށ. ފޮނަދޫ އަދި ބ. އޭދަފުށީގައި އެކަކަށް ކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 129 މީހުންނަށް ފަރުވާދެމުންދާކަން ވެސް ފާހަގަކުރެއްވި އެވެ. 

ފުލޫ ކުލިނިކްތަކަށް ދެއްކި މީހުންގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނި ވެސް 194 ސާމްޕަލް ކުލިނިކްތަކުން ނަގަފައިވެ އެވެ. 

ފާއިތުވެދިޔަ 24 ގަޑިއިރު 47 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުން ދޫކޮށްލާފައިވާއިރު 1481 މީހުން މިވަގުތުވެސް އައިސޮލޭޝަންގައި ތިބި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިހާތަނަށް ޖުމްލަ 4898 މީހަކަށް ރާއްޖެއިން ކޮވިޑް ޖެހިފައިވެ އެވެ. އަދި 2791 މީހަކުު ބަލިން ރަނގަޅުވެފައިވެ އެވެ. ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވެފައިވަނީ 19 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް