ads
މީހަކު މާސްކް އަޅާފައި-- ފޮޓޯ: ސީއެންއެމް
ކާފިއު ވަގުތު ބޭރުގައި އުޅުނު 79 މީހަކު ޖޫރިމަނާކޮށްފި
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާސްކް ނާޅާއި އުޅުނު 79 މީހަކު ޖޫރިމަނާކޮށްފި އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު، މާލޭ ސަރަހައްދުގައި ރޭގަނޑު 10 އިން ފެށިގެން ފަތިހު ފަހަކަށް ކާފިއު ހިންގަން ފަށާފައިވާއިރު މިރޭ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކާފިއު ވަގުތު ބޭރުގައި އުޅުނު 157 މީހަަކަށް ފުލުހުން ނަސޭހަތްދިން ކަމަށާއި އޭގެ ތެރެއިން 79 މީހަކު ޖޫރިމަނާކުރި ކަމަށެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ފަށާފައިވާއިރު މިމަހުގެ މިހާތަނަށް ގިނަ ދުވަސްތަކުގައި ޕޮޒިޓިވްވި މީހުންގެ އަދަދު އުޅުނީ 100 އިން މަތީގަ އެވެ. 

މިއަދު ވެސް 129 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް