ads
އައްޑޫސިޓީ ހިތަދޫ--
އައްޑޫއިން މީހަކަށް ކޮވިޑް ޖެހިއްޖެ
އައްޑޫ ސީޓީ، ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިމަހުގެ ހަ ވަނަ ދުވަހު އައްޑޫއަށް ހޯމް ކަރަންޓީނަށް ދިޔަ އެމީހާ ބައްޔަށް ޕޮޒިޓިވްވިއިރު މީގެ ކުރިން ވެސް އައްޑޫގައި ކަރަންޓީންވާ ގޮތަށް ދިޔަ ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.

އެރަށުން މިއަދު ޕޮޒިޓިވްވީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ރަށްރަށަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށުމާއެކު ރާއްޖޭގެ އެކި ހިސާބުތަކުން މިހާރު ވަނީ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

މާލޭ ސަރަަހައްދުގައި ވެސް ކޮވިޑްގެ ކޭސްތައް މި ދުވަސްވަރު އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމާފައި ވަނީ ކޮންމެހެންދާންޖެހޭ ފަރާތްތައް ނޫން ފަރާތްތައް ހޯމް ކަރަންޓީނަށް ރަށްރަށަށް ނުފޮނުވުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް