ads
ފޮޓޯ:މިހާރު އޮންލައިން
އިންޑިއާއަށް ދިޔަ 8 ދިވެހިން ޕޮޒިޓިވް ވެއްޖެ
އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ އަށް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގު ވިދާޅުވީ އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް އިންޑިއާއަށް ދިޔަ އަށް ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އޭގެ ތެރެއިން ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި ކަން އެނގުނީ މިއަދު ކަމަށެވެ. އަދި ޕޮޒިޓިވްވީ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ހަތަރުު މީހަކާއި ކިމްސް ހޮސްޕިޓަލަށް ދިޔަ ހަތަރު މީހެއް ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދިވެހިން ފޮނުވަނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި އިންޑިއާއަށް ބޭހަށް ފޮނުވާ ދިވެހިން ފޮނުވަނީ ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ފަހު ނަތީޖާ ލިބުމުން ބައްޔަށް ނެގެޓިވް ވުމުން ކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

އަދި އިންޑިއާއަށް ދިއުމަށް ފަހު ހޮސްޕިޓަލްގައި ކަރަންޓީންވާން ޖެހޭކަމަށްވެސް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

މިހާތަނަށް ޖުމްލަ 285 މީހަކު އިންޑިއާ އަށް ބޭސްފަރުވާ އަށް ފޮނުވާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް