ads
މުހައްމަދު މައުސޫމް
އެއް ފަނޑިޔާރު އަނެއް ފަނޑިޔާރަށްވެސް ރިޝްވަތު!
މަގާމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް އެހެން ފަނޑިޔާރުންގެ އަތުން ރިޝްވަތު ނަގާފައިވާ ކަމަށާއި، އެހެން ފަނޑިޔާރުންނަށް ރިޝްވަތު ދީގެން މައްސަލަތައް ވަކި ގޮތަކަށް ނިންމަން މަސައްކަތްކޮށްފައިވާ ކަން ހާމަ ވެއްޖެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން މައުސޫމްވަނީ އޭނާގެ މަސްލަހަތު ހިމެނޭ މައްސަލައެއް ނިންމުމަށް އެހެން ފަނޑިޔާރަކަށް ރިޝްވަތު ހުށަހަޅާފައެވެ. 

އެ ރިޕޯޓުގައިވަނީ މައުސޫމްގެ ބައްޕަގެ ތަރިކަ ބެހުމަށް ހުށަހެޅުނު މައްސަލާގައި، ގޯތި ބަހާއިރު މައުސޫމަށް ގޯތީގެ މެދުން މައި މަގަށްވާ ގޮތަށް އޮންނަ ބައި ނަގައިދިނުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމަށް ދިހަ ހާސް ރުފިޔާ ހުށަހެޅި ކަމަށެވެ. އަދި އެ ގޮތަށް އެކަންކޮށް ނުދީފިނަމަ އެކުވެރިކަންވެސް ކެނޑޭނެ ކަމަށް މައުސޫމު ބުނެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ނިމުނު އިރު، މައުސޫމަށް ގޯތިން ދީފައިވަނީ ވެސް މައުސޫމް ބޭނުންވި ގޮތަށް ގޯތީގެ މެދުން މައި މަގަށްވާ ގޮތަށް އޮންނަ ބައެވެ.

މީގެ އިތުރުން މި ރިޕޯޓުގައިވާ ގޮތުން ހިރިމަރަދޫ ކޯޓުގެ ރިޓަޔަޑް މެޖިސްޓްރޭޓް ހުސެއިން ވަހީދުގެ ދަރިއެއްގެ މަސްތުވާތަކެތީގެ މައްސަލައެއް ނިންމުމުގައި ހުސެއިން ވަހީދުވަނީ މައުސޫމަށް ރިޝްވަތު ދީފައެވެ. ރިޕޯޓުގައިވާ ގޮތުން ހިރިމަރަދޫ ކޯޓުގެ ރިޓަޔަޑް މެޖިސްޓްރޭޓް ހުސެއިން ވަހީދުވަނީ އޭނާގެ ދަރިފުޅުގެ މަސްތުވާތަކެތީގެ މައްސަލައެއް ވަކި ގޮތަކަށް ނިންމުމަށް މައުސޫމަށް 80،000 ރުފިޔާ ދީފައެވެ. 

މި މައްސަލަތަކުގެ އިތުރުން ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކާއި ގުޅިގެން އިސް މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުންވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް