ads
ގަލޮޅުދަނޑު ސަރަހައްދުގައި އެއްވެ ތިބި ބިދޭސީން/ ފޮޓޯ:ޓްވިޓާ، ޓެޑްމޯލްޑިވްސް
ގަލޮޅުދަނޑު ސަރަހައްދަށް އެއްވި ބިދޭސީން ފޮނުވާލައިފި
ގަލޮޅު ދަނޑު ސަރަހައްދަށް މިއަދު ހެނދުނު އެއްވި ބިދޭސީން އެ ސަރަހައްދުން ފޮނުވާލައިފި އެވެ.

ފުލުހުން ބުނީ އެމީހުން ސަރަހައްދަށް އެއްވެފައި ވަނީ ރަށަށް ދާން ބޭނުން ކަމަށް ބުނެ އެވެ. 

ބިދޭސީން އެސަރަހައްދަށް އެއްވެ ކިޔު ހަދަން ފަށާފައި ވަނީ މިއަދު 09:00 ހާއިރު އެވެ. އަދި އެމީހުން އެތަނަށް އެއްވިތާ މާ ގިނަ އިރެއް ނުވެ ފުލުހުން އައިސް އެމީހުން ފޮނުވާލާ މަންޒަރު ސޯޝަލްމީޑިއާ ގައި ދައުރުވާ ވީޑިއޯތަކުން ފެނެ އެވެ.

މިފަހަކަށް އައިސް އެކިި ސަބަބުތަކާ ހުރެ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދަނީ އެއްވުންތައް ބާއްވަމުން ނެވެ. އެގޮތުން މުސާރަ ނުލިބުމުގެ މައްސަލަ އާއި އަނބުރާ ރަށަށްދާން ބޭނުންވެގެން މިފަދަ އެއްވުންތައް ބާއްވާކަން ފާހަގަކުރެވެ އެވެ. 

ބިދޭސީންގެ ބައެއް އެއްވުން ތަކުގައި ހަމަނުޖެހުން ހިންގާފައި ވާއިރު، މީގެ އެއްވުން ތަކުގައި ފުލުހުންނާއި ފުލުހުންގެ އުޅަނދުތަކަށް ގެއްލުން ލިބިފައިވެ އެވެ. އަދި ބައެއް އެއްވުން ތަކުގައި އާންމުންގެ މުދަލަށް ވެސް ގެއްލުން ލިބިފައިވެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އަދި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއި އެކު އަނބުރާ ގައުމަށް ދާން އެތައް ބިދޭސީ އަކު ބޭނުންވެ އެވެ. 

އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް އެހީތެރިވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީ އިން ވަނީ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ހުރި ބިދޭސީންނަށް ވެސް ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިއުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. 

އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާންބޭނުންވެފައި ތިބި މީހުންނަށް ފަސޭހައިން ފުރޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން ގައުމަށް ދާން ބޭނުންވާ މީހުންގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮންނަންޖެހެ އެވެ. އަދި އެމީހުންނަކީ އެއްވެސް ސަބަބަކާ ލައިގެން ރާއްޖެއިން ފުރުން މަނާކުރެވިފައިވާ ބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ. 

އެގޮތަށް ގައުމަށް ދާންބޭނުންވާ މީހުންނަށް ޖުލައި 24 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު އިމިގްރޭޝަނުން ވަނީ ހަމަޖައްސާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް