ads
މެސީ ރޭވަނީ އާދަޔާ ޚިލާފު މޮޅު ގޯލެއް ޖަހާފައި
މެސީ ޖެހި "ފެންވަރުގެ" ލަނޑަކާ އެކު ބާސާ ކުއާޓަ އަށް
މެސީގެ އާދަޔާ ޚިލާފު މޮޅު ލަނޑަކާއި އެކު ނަޕޯލީ 3-1 އިން ބަލިކޮށް ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މެސީގެ އާދަޔާ ޚިލާފު މޮޅު ލަނޑަކާއި އެކު ބާސާއިން ނަޕޯލީގެ މައްޗަށް ކުރި ހޯދީ ހަތަރު ލަނޑު ދެ ލަނޑުގެ އެގްރިގޭޓުންނެވެ. މި ދެ ޓީމުގެ ރޭގެ މެޗު ތިނެއް އެކަކުން ބާސާ މޮޅުވިއިރު ފުރަތަމަ ލެގުވަނީ އެކެއް އެކަކުން އެއްވަރުވެފައެވެ.

މެސީގެ ރޭގެ އާދަޔާ ޚިލާފު މޮޅު ގޯލަކީ ބޭރުން ނަޕޯލީގެ ދެ ކުޅުންތެރިން ކައިރިން ފަސޭހަ ކަމާއި އެކު ކަޓުވާލާ އޭރިއާ ތެރެއަށް ވަން ވަގުތު ވެއްޓުމުންވެސް ތެދު ދެ ޑިފެންޑަރުންގެ ދެ މެދުން ގޯލުގެ ކަނަށް ފޮނުވާލި މޮޅު ގޯލެކެވެ.

ކުއާޓާ ފައިނަލުގައި ބާސެލޯނާ ބައްދަލުކުރަން ޖެހޭނީ ބަޔާންއާ އެވެ. ކުއާޓާ ފައިނަލް ފަށާނީ އަންނަ ބުދަ ދުވަހު ޕޯޗުގަލްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް