ads
ކާނަލް މުހައްމަދު މުހުތާރު އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް/ ފޮޓޯ:އެމްއެންޑީއެފް
ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓްގެ މަގާމަށް ކާނަލް މުހައްމަދު މުހުތާރު
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓްގެ މަގާމަށް ކާނަލް މުހައްމަދު މުހުތާރު އައްޔަނު ކުރައްވައިފި އެވެ.

އެ މަގާމަށް ކާނަލް މުހައްމަދު މުހުތާރު އައްޔަން ކުރައްވާފައި ވަނީ މިއަދު އެކަމަށްޓަަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ ބަންޑާރަކޮށީގައި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި ކާނަލް މުހައްމަދު މުހުތާރަށް މަގާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އެވެ. 

އެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. 

ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓްގެ މަގާމުގައި މީގެ ކުރިން ހުންނެވީ ކާނަލް އަބްދުﷲ އިބްރާހީމް އެވެ. 

ކާނަލް މުހައްމަދު މުހުތާރު ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހީމް ދިގުމުއްދަތަކަށް ރާއްޖެއިން ބޭރު ކޯހަކަށް ފުރާވަޑައިގެންނެވުމާއި ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް